ދަރަނބޫދޫއާއި މަގޫދޫގައި އޭޓީއެމް ތައާރަފުކޮށް، މުޅި ފ. އަތޮޅަށް އޭޓީއެމް
ސަން
21 ސެޕްޓެމްބަރު 2025 | އާދިއްތަ | 2:23
ފ. ދަރަނބޫދުއާއި އެ އަތޮޅުގެ މަގޫދޫގައި މިއަދު އޭޓީއެމްގެ ޚިދުމަތް ފަށައި، ފ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ލިބޭގޮތް ހަދައިފިއެވެ.
ދަރަނބޫދުއާއި މަގޫދޫގައި އޭޓީއެމްގެ ޚިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ އިތުރުން ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ބައިވެރިވެވަޑައިގަތެވެ.
އެހެންކަމުން މިއީ، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގައުމީ ބޭންކް، ބީއެމްއެލްގެ އޭޓީއެމްތައް ތައާރަފުކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން އޭޓީއެމްގެ ޚިދުމަތް އެއްކޮށް ލިބޭގޮތް ހެދި 13 ވަނަ އަތޮޅެވެ.