60 މީހުން އުޅޭ ރަކީދޫގެ ގިނަ ރައްޔިތުން ބޭނުންވަނީ ރަސްމާލެއަށް ބަދަލުވާން

ސަން

21 ސެޕްޓެމްބަރު 2025 | އާދިއްތަ | 2:14

އާބާދީ މަދު, ވ. ރަކީދޫގެ ގިނަ ރައްޔިތުން އެދޭނަމަ އެހެން ރަށަކަށް ބަދަލު ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއްޔެ ވިދާޅުވެފައިވާއިރު، އެ ރަށުގެ ގިނަ މީހުންގެ އެދުމަކީ ރަސްމާލެއަށް ބަދަލުވުން ކަމަށް ކައުންސިލުން މިއަދު ބުނެފިއެވެ.

ރަކީދޫގެ ރަޖިސްޓްރީގައި 376 މީހުން ތިބި ނަމަވެސް އެ ރަށުގައި ދިރިއުޅެނީ ފަސްދޮޅަހެއްހާ މީހުން ކަމަށް ރަށު ކައުންސިލުން ބުނެއެވެ. އެހެން ގިނަ މީހުން ދިރިއުޅެނީ މާލޭގައެވެ.

ރަކީދޫގެ ކައުންސިލުން އެ ރަށުން މީހުން ބާލައިދިނުމަށް ސަރުކާރުތަކުގައި އެދޭތާ އެތައް ދުވަހެއް ވެއްޖެއެވެ. ނަމަވެސް، އެއްވެސް ސަރުކާރަކުން އޮތީ އެކަން ނުކޮށްދީއެވެ. އަދި، ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އެ ރަށުގައި ވަނީ ބޮޑު ސްކޫލު އިމާރާތަކާއި ބަނދަރެއް ވެސް ހަދައިފައެވެ.

މައުޟޫޢުތަށް