މާފުށިން ވަގަށް ނެގި ބޮޑު ލޯންޗެއް މާލޭ ފަޅުން ހޯދައިފި

ސަން

21 ސެޕްޓެމްބަރު 2025 | އާދިއްތަ | 3:23

ލޯކަލް ޓޫރިޒަމް އެންމެ ބޮޑަށް ފުޅާވެފައިވާ ކ. މާފުށީ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއް ވަގަށް ނެގުމުން ހޯދަމުން ދަނިކޮށް މާލޭ ފަޅުގައި އަޅާފައި އޮއްވައި ފެނިއްޖެއެވެ.

ރޭ 20:00 ޖަހާކަންހާއިރު މާފުށިން ގެއްލިފައިވަނީ "ތޭރަވާ" ކިޔާ, 16 މީހުންގެ ޖާގައިގެ ލޯންޗެކެވެ. އެއީ، މާފުށީގައި ފުޅާ ދާއިރާއެއްގައި ލޯންޗުގެ ޚިދުމަތްދޭ "ޓްރިޓޮން ހޮޓެލްސް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑް"ގެ ލޯންޗެކެވެ.

އެ ކުންފުނީގެ ވެރިއަކު މިއަދު "ސަން"އަށް ބުނި ގޮތުގައި ލޯންޗު ވަގަށް ނެގިކަން އެނގުނީ ރޭ މާ ބާރަށް ފަޅުތެރެއިން ނުކުމެގެން ދިޔަކަމުގެ މައުލޫމާތު ލިބުމުން އެކަން ބެލިބެލުމުގެ ތެރެއިން ކަމަށެވެ. އާއްމުކޮށް އެ ރަށުގެ ފަޅުތެރޭގައި ލޯންޗު ފަހަރު އެހާ ބާރަށް ނުދުއްވާ ކަމަށް އޭނާ ބުންޏެވެ.

މައުޟޫޢުތަށް