އާންމު ރޯގާ ފެތުރޭ މިންވަރު އިތުރުވެއްޖެ

ސަން

21 ސެޕްޓެމްބަރު 2025 | އާދިއްތަ | 4:15

ޑެންގީ ހުމާއި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު ޖުލައި މަހަށްވުރެ މިދިޔަ އޮގަސްޓް މަހު އިތުރުވެފައިވާ ކަމަށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، ޖުލައި މަހު ޑެންގީހުން ޖެހިގެން 194 މީހަކު ރިޕޯޓުކުރިއިރު، މިދިޔަ މަހު 250 މީހަކު ރިޕޯޓުކޮށްފައިވެއެވެ.

އެކަމަކު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ޑެންގީހުން ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު މި އަހަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު 564 މީހަކަށް ޑެންގީހުން ޖެހިގެން ރިޕޯޓުކުރިއިރު، ޑެންގީހުން ޖެހިގެން ހަމަ އެ އަހަރުގެ އޮގަސްޓް މަހު ރިޕޯޓުކުުރި މީހުންގެ އަދަދު އުޅެނީ 407 ގައެވެ.

މައުޟޫޢުތަށް