އައިފޯން17 ރާއްޖެއަށް: އަގު 20،000 ރުފިޔާއާއި 36،000 ރުފިޔާއާ ދޭތެރޭ!

ސަން

21 ސެޕްޓެމްބަރު 2025 | އާދިއްތަ | 5:20

ރާއްޖޭގެ މާކެޓުގައި އައިފޯން 17 ސީރީޒްގެ ފޯނުތަކުގެ އަގުތައް، ބައިނަލްއަގުވާމީ މާކެޓާ އަޅާބަލާއިރު، ވަރަށް ބޮޑަށް މަތިކަން ފާހަގަކުރެވިއްޖެއެވެ.

އެޕަލްގެ އައިފޯން 17 ސީރީޒް މި މަހުގެ ނުވައެއްގައި ތައާރަފުކުރުމަށް ފަހު މިހާރު އެކި ގައުމުތަކުގައި އަންނަނީ ވިއްކަމުންނެވެ.

އެޕަލްއިން އައިފޯން 17 ޕްރޯގެ 256ޖީބީ ވިއްކާ އަގަކީ 1099 ޑޮލަރު (ރަސްމީ ރޭޓުގައި 16,947.58 ރުފިޔާ)އެވެ. އަދި އައިފޯން 17 ޕްރޯ މެކްސްގެ 256ޖީބީގެ އަގަކީ 1199 ޑޮލަރު (18,489.58 ރުފިޔާ) ކަމަށްވާއިރު، އެ ކުންފުނީގެ އެންމެ ތުނި ފޯނު ކަމަށްވާ އައިފޯން އެއާގެ އަގަކީ 999 ޑޮލަރު (15,284.54 ރުފިޔާ)އެވެ.

މައުޟޫޢުތަށް