އަމިއްލަ އަތުން ކުރަން ޖެހޭ ކަންކަން މަދުކުރި ވަރަކަށް ކޮރަޕްޝަން މަދުވާނެ: ރައީސް
ސަން
21 ސެޕްޓެމްބަރު 2025 | އާދިއްތަ | 11:09
ރައްޔިތުންނަށް ދޭ ޚިދުމަތްތައް އަމިއްލަ އަތުން ދިނުން މަދުކޮށް އޮޓޮމޭޓް ކުރި ވަރަކަށް ކޮރަޕްޝަން މަދުވާނެ ކަމަށާއި، ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ ތަސައްވުރު "މޯލްޑިވްސް 2.0"ގެ ނަތީޖާއަކީ ކޮރަޕްޝަން ނައްތާލެވުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން މ. މުލަކަށް ވަޑައިގެން އެ މަނިކުފާނު ވަނީ، 'މޯލްޑިވްސް 2.0'އާ ގުޅޭ ގޮތުން ވާހަކަދައްކަވައިފައެވެ.
ރައީސް ވިދާޅުވީ އެ ތަސައްވުރުގެ ބޭނުމަކީ ދައުލަތުން ރައްޔިތުންނަށް ޚިދުމަތް ދެނީ ދެފުށް ފެންނަ ގޮތެއްގައިކަން ޔަގީންކުރުމާއި ކޮރަޕްޝަން ނައްތާލުން ކަމަށެވެ.