މިލިއަން ރުފިޔާގެ މުދަލާއި ގިނަ ބަޔަކާއެކު ދަތުރުކުރަނިކޮށް، ދިއްދޫގެ އެންމެ ބޮޑު ބޯޓު ފަރަށް އަރައިފި

ސަން

22 ސެޕްޓެމްބަރު 2025 | ހޯމަ | 12:27

ގިނަ އަދަދެއްގެ މީހުންނާއި މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ އަގުހުރި މުދަލާއެކު ދަތުރުކުރަމުން ދަނިކޮށް، ހއ. ދިއްދޫގެ އެންމެ ބޮޑު މުދާ އުފުލާ ބޯޓު މިރޭ ފަރަށް އަރައިފިއެވެ.

ފުލުހުން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި ގިނަ އަދަދެއްގެ މީހުންނާއެކު މާލެއިން ހއ. އަތޮޅަށް ދަތުރުކުރި ބޯޓެއް ނ. ވަވަތި ކައިރީ ފަރަކަށް އަރައިފައިވާކަމަށް މިރޭ 23:25ހާއިރު ވަނީ ރިޕޯޓުކޮށްފައެވެ.

އެ ބޯޓުގައި ކުޑަކުދިންނާއި އަންހެނުން ވެސް ތިބިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

މައުޟޫޢުތަށް