މުސާރަ ދެނީ ފިނޭންސްއިން، އެކަމަކު ސިޔާސީ މުވައްޒަފުންނަށް ދޭ ވަރެއް ނޭނގެ

ސަން

22 ސެޕްޓެމްބަރު 2025 | ހޯމަ | 9:56

ދައުލަތުން ސިޔާސީ މުވައްޒަފުންނަށް ދޭ މުސާރައާއި އިނާޔަތްތައް ދެނީ ފިނޭންސް މިނިސްޓްރީން ނަމަވެސް، އެއީ އެ މިނިސްޓްރީން ލިޔެގެން ވަކިން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށް ބުނެ، ސިޔާސީ މުވައްޒަފުންނަށް ކުރާ ޚަރަދުތަކުގެ ތަފުސީލު ހިފަހައްޓައިފިއެވެ.

މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެކަމަކު، ސިޔާސީ މުވައްޒަފުންގެ އަދަދު 2،000 އާއި 3،000 އާ ދެމެދުގައި އުޅޭނެ ކަމަށް އިދިކޮޅުން ބުނާއިރު، އަދަދުތައް ރަސްމީކޮށް ހާމަނުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

އެ މައްސަލައިގައި ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް، މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ރައީސް އޮފީހުން ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދުތަކެއް ހާމަކޮށްފައެވެ. އެ މައުލޫމާތުގައިވާ ގޮތުން އޭރު ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދަކީ 992 އެވެ.

މައުޟޫޢުތަށް