ކޮންޓްރޯލުން ނެއްޓި ޕިކަޕެއް އެކްސިޑެންޓުވެ، 2 މީހަކަށް އަނިޔާވެއްޖެ
ސަން
22 ސެޕްޓެމްބަރު 2025 | ހޯމަ | 10:04
ހުޅުމާލެއަށް ދުއްވާފައި ދިޔަ ޕިކަޕެއް ކޮންޓްރޯލުން ނެއްޓި، ޑިވައިޑަރުތަކުގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، މާލޭން ހުޅުމާލެއަށް ދިޔަ ޕިކަޕެއް އެކްސިޑެންޓްވިކަމުގެ މައުލޫމާތު ރޭ މެންދަމު 2:42 ހާއިރު ލިބިފައިވާ ކަމަށެވެ.
މި ހާދިސާ ހިނގީ ބްރިޖް އެއާޕޯޓު ލައިޓް ކައިރިން ޕިކަޕު ކޮންޓްރޯލުން ނެއްޓި، ބްރިޖުގެ މެދުގައިވާ ޑިވައިޑަރުތަކުގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.