އާ މީޑިއާ ގާނޫނަށް ލިޔުންތައް ފޭތޭތޯ ކަށަވަރުކޮށްދޭ އޭއައި ޓޫލްއެއް އެސްއެސް މީޑިއާއިން އުފައްދައިފި

ސަން

22 ސެޕްޓެމްބަރު 2025 | ހޯމަ | 12:43

ވަރަށް ގިނަ ނޫސްވެރިންތަކެއް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް, ސަރުކާރުގެ އެއްބާރުލުމާއެކު ފާސްކޮށް, ތަންފީޒު ކުރަން ފެށި, މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ޤާނޫނުގެ ސަބަބުން އެޅިދާނެ ފިޔަވަޅަކުން ރައްކާތެރިވުމަށް ޓަކައި، ލިޔުންތައް ބެލޭ, އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓޫލްއެއް ސަން ސިޔާމް މީޑިއާއިން ޑިވެލޮޕްކޮށްފިއެވެ.

މި ޓޫލް ޑިވެލޮޕްކުރީ ސަން ސިޔާމް މީޑިއާގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު އަހްމަދު ހަސަން (އައްމަޑޭ)އެވެ. އޭނާއަކީ މެލޭޝިއާ އާއި އޮސްޓްރޭލިއާއިން އިންފޮމޭޝަން ޓެކްނޮލޮޖީއާއި އޭއައިގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށްފައިވާ ފަރާތެކެވެ.

މި ޓޫލްއަކީ ދިވެހި ލިޔުންތަކާއި އިނގިރޭސި ލިޔުންތައް ވެސް ޗެކްކުރުމަށް ބޭނުންކުރެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ ޓޫލްއެކެވެ.

މައުޟޫޢުތަށް