އިއްޔެ އެކަނި 54،000 ރުފިޔާ ޖޫރިމަނާއަށް ލިބޭ ވަރަށް ސައިކަލް ޓޯކުރި
ސަން
22 ސެޕްޓެމްބަރު 2025 | ހޯމަ | 11:39
މާލޭ މަގުތަކުގައި ހިނގާ އުޅެން ދަތިވާގޮތަށް ޕާކްކޮށްފައި ހުންނަ ސައިކަލުތައް ޓޯކުރުމުގެ މަސައްކަތުގެ ތެރެއިން އިއްޔެ އެކަނި, 72 ސައިކަލް ޓޯ ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ތޮއްޖެހި, ފުރިފައިވާ މާލޭގެ މަގުތައް ހަމަޔަކަށް އެޅުވުމުގެ ގޮތުން, ގަވާއިދާ ހިލާފަށް ޓޯ ކޮށްފައި ހުންނަ އުޅަނދުތައް އަނެއްކާ ވެސް ޓޯ ކުރަން މި ފަހުން ފެށީ މިދިޔަ ހަފުތާ ހޯމަ ދުވަހެވެ. ފުލުހުން އެ ދުވަހު ބުނީ ޓޯ ކުރާނީ މަގުތަކުގައި އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް، ޚާއްސަކޮށް ކަފިހިހުރަސް މަތީގައި ޕާކްކޮށްފައި ހުންނަ އުޅަނދުތައް ކަމަށެވެ.
ފުލުހުން އިއްޔެ މާލޭ މަގުތަކުން ސައިކަލްތަކެއް ޓޯ ކުރަނީ: އިއްޔެ އެކަކި 72 ސައިކަލް ޓޯ ކުރި-- ފޮޓޯ: ފުލުހުން