އިނގިރޭސީން ފަލަސްތީނު ބަލައިގަތުމަކީ ސުލްހައަށް ލިބުނު ކުރިއެރުމެއް: ސަރުކާރު
ސަން
22 ސެޕްޓެމްބަރު 2025 | ހޯމަ | 12:27
އިނގިރޭސިވިލާތާއި، އޮސްޓްރޭލިއާގެ އިތުރުން ކެނެޑާއިން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގަބޫލުކުރާކަން ނިންމުމަކީ، މެދުއިރުމަތީގެ ސުލްހައަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފިއެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކައިރް ސްޓާމާ އިއްޔެވަނީ ފަލަސްތީނުގެ ދައުލަތް އިނގިރޭސިން ބަަލައިގަންނަކަން ރަސްމީކޮށް އިއުލާނުކުރައްވައިފައެވެ.
ބޮޑުވަޒީރު ސްޓާމާ ވިދާޅުވީ، ފަލަސްތީނު ބަލައިގަތީ، މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމުގެ އުއްމީދާއެކުގައި ކަމަށެވެ. އަދި ފަލަސްތީނާއި އިސްރާއީލުގެ އާންމު ރައްޔިތުންނަށް ވެސް ސުލްހަވެރި މާހައުލެއްގައި ދިރިއުޅުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.