ބީއެމްއެލުން ރާއްޖޭގައި އަލަށް ޗައިނީޒް ޔުއާން އެކައުންޓުގެ ޚިދުމަތް ފަށައިފި
ސަން
22 ސެޕްޓެމްބަރު 2025 | ހޯމަ | 2:19
ރާއްޖޭގެ ގައުމީ ބޭންކު, ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޗައިނީސް ޔުއާން އެކައުންޓުގެ ޚިދުމަތް ތައާރަފްކޮށްފިއެވެ.
މި ޚިދުމަތް ތައާރަފްކުރުން އޮތީ މިއަދު މެންދުރުފަހު އޮތް ޚާއްސަ ރަސްމިއްޔާތެއްގައެވެ. ޗައިނީސް ޔުއާން އެކައުންޓް ތައާރަފްކުރުމަށް އޮތް މި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކޮންގް ޝިން ހުއާއާއި ބީއެމްއެލްގެ ޗެއާޕާސަން އަޙްމަދު ޢަލީ ޙަބީބުގެ އިތުރުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފްގެ އިތުރުން ބޭންކުގެ ބޯޑު މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ބީއެމްއެލުން ރާއްޖޭގައި އަލަށް ޗައިނީޒް ޔުއާން އެކައުންޓުގެ ޚިދުމަތް ފެށުން-- ސަން ފޮޓޯ: މާނިއު މުޙައްމަދު