އޮގަސްޓުގައި 4.9 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރިއިރު، ބޭރުކުރީ 149 މިލިއަންގެ މުދާ

ސަން

22 ސެޕްޓެމްބަރު 2025 | ހޯމަ | 4:18

މިދިޔަ އޮގަސްޓް މަހު ރާއްޖެއަށް 4.9 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރިއިރު، 149 މިލިއަން ރުފިޔާގެ ތަކެތި ރާއްޖޭން ބޭރުކޮށްފައިވާކަން ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި 4.9 ބިލިއަން ރުފިޔާގެ ތަކެތީގެ ތެރެއިން 873 މިލިއަން ރުފިޔާއަކީ ޕެޓްރޯލާއި ޑީސަލެވެ. އަދި، ކަސްޓަމްސްއަށް އާމްދަނީގެ ގޮތުގައި 375 މިލިއަން ރުފިޔާ ލިބުނުއިރު ރޯޔަލްޓީ ފީގެ ގޮތުގައި 12 މިލިއަން ރުފިޔާ ލިބުނު ކަމަށް ވެސް އެ ހިސާބުތަކުގައިވެއެވެ.

އެންމެ ގިނައިން މިދިޔަ މަހު އެތެރެކުރި ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުން ދައްކަނީ ކާބޯތަކެއްޗެވެ. އެގޮތުން، 993 މިލިއަން ރުފިޔާގެ ކާބޯތަކެތި ރާއްޖެއަށް އެތެރެކުރިއިރު، 732 މިލިއަން ރުފިޔާގެ އިލެކްޓްރޯނިކް ސާމާނުގެ އިތުރުން، 50 މިލިއަން ރުފިޔާގެ ދުންފަތާއި ރަލުގެ ބާވަތްތަކާއި އޫރު މަސް ރާއްޖެއަށް އެތެރެކޮށްފައިވެއެވެ.

މައުޟޫޢުތަށް