މާފުށިން ވަގަށް ނެގި ލޯންޗުން އައީ ކާކު ކަމެއް އަދިވެސް ނޭނގެ، އޮތީ ފަޅަށް ދޫކޮށްލައިފައި

ސަން

22 ސެޕްޓެމްބަރު 2025 | ހޯމަ | 9:22

ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަން ކުރާ ކ. މާފުށީ ފަޅުގައި އަޅާފައި އޮއްވާ ގެއްލުނު ފަހުން، މާލޭ ފަޅުން ފެނުނު ލޯންޗުން އައީ ކާކުކަން އަދިވެސް ހޯދިފައިނުވާކަން އެނގިއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 20:00 ހާއިރު މާފުށިން ގެއްލުނީ 16 މީހުންގެ ޖާގައިގެ 'ތޭރަވާ" ކިޔާ ލޯންޗެކެވެ. އެއީ، މާފުށީގައި ފުޅާ ދާއިރާއެއްގައި ލޯންޗުގެ ޚިދުމަތްދޭ "ޓްރިޓޮން ހޮޓެލްސް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑް"ގެ ލޯންޗެކެވެ. އެ ލޯންޗު އިއްޔެ މެންދުރު ފެނުނީ، މާލޭ ދެކުނު ފަރާތު ބަނދަރުގައި އޮއްވައެވެ.

އެ ކުންފުނީގެ ވެރިއަކު "ސަން"އަށް ބުނި ގޮތުގައި ލޯންޗު ވަގަށް ނެގިކަން އެނގުނީ ހޮނިހިރު ދުވަހުގެ ރޭ އެ ލޯންޗު މާ ބާރަށް ފަޅުތެރެއިން ނުކުމެގެން ދިޔަކަމުގެ މައުލޫމާތު ލިބުމުން އެކަން ބެލުމުންނެވެ. އާއްމުކޮށް އެ ރަށުގެ ފަޅުތެރޭގައި ލޯންޗުފަހަރު އެހާ ބާރަށް ނުދުއްވާ ކަމަށް އޭނާ ބުންޏެވެ.

މައުޟޫޢުތަށް