އާންމުވީ އަދީބުގެ ޗެޓްލޮގުގެ އެއްބައި، ބާކީ އާންމުވެއްޖެނަމަ އެމްޑީޕީގެ ވެރިން "އޮރިޔާންވާނެ": އުމަރު
ސަން
23 ސެޕްޓެމްބަރު 2025 | އަންގާރަ | 10:42
ރާއްޖޭގައި ހިނގި އެންމެ ބޮޑު ޚިޔާނާތް، އެމްއެމްޕީއާރުސީގެ މުގުލުގައި ހުރިކަން ސާބިތުވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ލީކުވި ޗެޓްލޮގަކީ އަދި އެއްބައި ކަމަށާއި، މުޅި ޗެޓްލޮގު ލީކުވިނަމަ އިދިކޮޅު އެމްޑީޕީގެ ހުރިހާ ވެރިން ވެސް ''އޮރިޔާންވާނެ'' ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެއެވެ.
އެގާރަ އަހަރު ފަހުން އަދީބުގެ ފޯނުން 2014 ވަނަ އަހަރުގެ ފަހުކޮޅު ހިންގި ބައެއް މުއާމަލާތްތައް ހިމެނޭ ރިޕޯޓެއް ލީކްކޮށްލީ ޖުބްރާން ޝަރީފްގެ ނަމުގައި ކާކުކަން ނޭނގޭ ގޮތަށް އެކްސްގައި ހިންގާ އެކައުންޓަކުންނެވެ. އެއީ، އިނގިރޭސި ފޮރެންސިކް ފާމެއް ކަމަށްވާ 'ފަރަޑޭ ފޮރެންސިކްސް'އިން 2015 ވަނަ އަހަރު ނެގި މައުލޫމާތެވެ.
އެއިރު މައްސަލައިގެ ތަހުގީގުގައި ޝާމިލުވި ބޭފުޅެއްގެ ހައިސިއްޔަތުން އުމަރު ވަނީ އެ ޗެޓްލޮގުތަކާ ގުޅޭ ގޮތުން އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމްގައި ވާހަކަދައްކަވައިފައެވެ.