މާލެ ކައިރި އޮތް ކާގޯ ބޯޓަކުން މީހަކު ކަނޑަށް ވެއްޓުނުތާ 9 ގަޑިއިރު، އަދި ނުފެނޭ
ސަން
23 ސެޕްޓެމްބަރު 2025 | އަންގާރަ | 9:11
ވިލިމާލޭގެ އުތުރުން ކިލޯމީޓަރެއްހާ ދުރުމިނެއްގައި އޮތް އިންޑިއާގެ ކާގޯ ބޯޓަކުން ކަނޑަށް ވެއްޓުނު އިންޑިއާ މީހަކު ހޯދަން ފަށައިފިއެވެ.
އޭނާ ވެއްޓުނުތާ ނުވަ ގަޑިއިރު ވަނީ ފާއިތުވެފައެވެ.
އެމްއެންޑީއެފުން ބުނީ، ވިލިމާލެއާ ދިމާލު ބޭރުގައި އޮތް އިންޑިއާގެ "އެމްއެސްވީ ޑައުލާ" ނަމަކަށް ކިޔާ ކާގޯ ބޯޓަކުން އެގައުމުގެ ރައްޔިތަކު ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ ރޭ 11:35 ހާއިރު ކަމަށެވެ.