ފުލުހުން, ނޫސްވެރިންނަށް އަނިޔާކުރިކަމަށް ބުނާ މައްސަލަ އެންޓި-ޓޯޗާ ސެކްޝަނުން ބަލަނީ

ސަން

23 ސެޕްޓެމްބަރު 2025 | އަންގާރަ | 10:04

މިހާރު އަމަލުކުރަން ފަށާފައިވާ މީޑިއާ ކޮންޓްރޯލް ގާނޫނު ފާސްކުރުމާ ދެކޮޅަށް މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލިސް ދޮށުގައި ކުރި މުޒާހަރާގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން މިއަދު ބުނެފިއެވެ.

އެ ކޮމިޝަނުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ބުނީ، މިދިޔަ އަންގާރަ ދުވަހު މަޖިލީހުގެ ދޮށުގައި ކުރި މުޒާހަރާގައި ކަންހިނގައިދިޔަ ގޮތުގެ މައުލޫމާތު އެއްކޮށް ތަހުގީގުކުރުމުގެ މަސައްކަތާއި، މުޒާހަރާގެ ތެރެއިން ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި ކަމަށް ބުނާ މައްސަލަ ކޮމިޝަނުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އަދި، އެ ކޮމިޝަންގެ މުވައްޒަފުން ދިޔައީ މުޒާހަރާ ގާތުން ބަލަމުން ކަމަށާއި، ކޮމިޝަންގެ އެންޓި-ޓޯޗާ ސެކްޝަނުން މުޒާހަރާއާ ގުޅޭ މައްސަލަތައް ބަލަމުން އަންނަ ކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެވެ.

މައުޟޫޢުތަށް