ބީއެމްއެލްގައި ޔުއާން އެކައުންޓު ހުޅުވުމަކީ އެފްޓީއޭ ތަންފީޒުކުރަން އެޅުނު މުހިންމު ފިޔަވަޅެއް: ޗައިނާ ސަފީރު
ސަން
23 ސެޕްޓެމްބަރު 2025 | އަންގާރަ | 11:52
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ޔުއާން އެކައުންޓު ހުޅުވުމަކީ ދެ ޤައުމުގެ ވެރިން ވެފައިވާ އެއްބަސްވުންތައް ތަންފީޒުކުރުމަށާއި ފްރީ ޓްރޭޑް އެގްރިމަންޓު ތަންފީޒުކުރަން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ޗައިނާ ސަފީރު ކޮންގް ޝިން ހުއާ އިއްޔެ ވިދާޅުވެއްޖެއެވެ.
ބީއެމްއެލްއިން، ރާއްޖޭގައި މުޅިން އަލަށް ޗައިނީސް ޔުއާން އެކައުންޓުގެ ޚިދުމަތް ފަށަން އިއްޔެ އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަފީރު ވަނީ ދެ ގައުމުން ގާއިމްކޮށްފައިވާ ވިޔަފާރީގެ އެއްބަސްވުންތައް ތަންފީޒުކުރުމުގައި ލިބޭނެ ފަސޭހަތަކަށް އަލިއަޅުއްވައިލައްވައިފައެވެ.
://./211661