ސާފު ނުވުމުންނާއި ހުއްދަ ނުނަގާތީ، ކާބޯތަކެތީގެ ޚިދުމަތްދޭ 25 ތަނެއް ބަންދުކޮށްފި

ސަން

23 ސެޕްޓެމްބަރު 2025 | އަންގާރަ | 12:07

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އާއި މާލެ ސިޓީ ކައުންސިލު ގުޅިގެން މާލެއާއި ވިލިމާލޭގެ ކާބޯތަކެތި ވިއްކާ ތަންތަނުގެ ތެރެއިން 25 ތަނެއް އިއްޔެއާ ހަމައަށް ބަންދުކޮށްފިއެވެ.

ސިޓީ ކައުންސިލުން ބުނީ، މި ހަފުތާގެ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮޕަރޭޝަންގައި ސައި ހޮޓާތަކާއި ޓޭކްއަވޭގެ ޚިދުމަތާއި ކެއުންބުއިމުގެ ޚިދުމަތް ދިނުމަށް އެމްއެފްޑީއޭއިން ހުއްދަ ދީފައިވާ ތަންތަނުގެ އިތުރުން ގަވައިދާ ޚިލާފަށް ޚިދުމަތްދޭ ތަންތަން ބަލަމުން އަންނަ ކަމަށެވެ.

ޗާންދަނީމަގުގައި ހުންނަ ހަންގްރީ ބާޑްސް ބަންދުކޮށް ނޯޓިސް ހަރުކުރަނީ --- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މައުޟޫޢުތަށް