ގާނޫނަށް ގެނައި އިސްލާހާއެކު، މިސްކިތްތަކަށް މީހުން ނުނެގި ނުބެލެހެއްޓޭވަރުވަނީ: ފޭދޫ ކައުންސިލް

ސަން

23 ސެޕްޓެމްބަރު 2025 | އަންގާރަ | 10:58

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މިދިޔަ މަހު ގެނައި އިސްލާހާ އެއްކޮށް، ށ. ފޭދޫގެ މިސްކިތްތަކުގެ ހުސްވާ މަގާމުތަކަށް މީހުން ނުނެގި، މިސްކިތްތައް ނުބެލެއްޓޭ ހިސާބަށް ގޮސްފައިވާ ކަމަށްބުނެ، އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އަށްސަތޭކައެއްހާ މީހުން ދިރިއުޅޭ ފޭދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، ގާނުނަށް ގެނައި އިސްލާހުގައި، ކައުންސިލްގެ ދައުރު ހަމަވާން އެއް އަހަރަށް ވެފައިވާނަމަ ކައުންސިލްތަކަށް މުވައްޒަފުން ނުނެގޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެ އިސްލާހުގެ ދަށުން މުވައްޒަފުން ނެގެނީ ގާނޫނު ފާސްކުރާތާ 30 ދުވަހުގެ ތެރޭގައި ލޯކަލް ގަވަމެންޓް އޮތޯރިޓީއާއި މާލީ ވުޒާރާއިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ. އެކަމަކު، 30 ދުވަސްވީއިރު ވެސް އެ އުސޫލު ފާސްކޮށް ކައުންސިލްތަކަށް ފޮނުވާފައި ނެތް ކަމަށް ފޭދޫ ކައުންސިލުން ބުނެއެވެ.

މައުޟޫޢުތަށް