8 އަހަރު ކުރިން އިމާރާތްކުރި ވިލުފުށީ ބޮޑު މިސްކިތަކީ އިސްލާމީ މަރުކަޒެއް ކަމަށް ރައީސް ކަނޑައަޅުއްވަައިފި
ސަން
24 ސެޕްޓެމްބަރު 2025 | ބުދަ | 12:18
މީގެ އަށް އަހަރު ކުރިން އިމާރާތްކޮށްފައިވާ، ތ. ވިލުފުށީ މަސްޖިދު ޢުމަރު ފާރޫގް މިސްކިތް، އިސްލާމީ މަރުކަޒެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ކަނޑައަޅުއްވައިފިއެވެ.
ރައީސް ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ވިލުފުށްޓަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ވަނީ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގެ ތެރެއިން އެ މަނިކުފާނު ވަނީ ވިލުފުށީގެ މަސްޖިދު ޢުމަރު ފާރޫގް، އިސްލާމީ މަރުކަޒަކަށް ބަދަލުކުރައްވާނެކަން އިއުލާންކުރައްވައިފައެވެ.
"މިރަށުގެ ހުރި މިސްކިތް އިސްލާމީ މަރުކަޒަކަށް ހެދުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ކުރިއަށް އެބަދޭ. ކުރިއަށް އޮތް ތަނުގައި އެ މިސްކިތް އިސްލާމީ މަރުކަޒަކަށް ބަދަލުވެގެންދާނެ." އެ މަނިކުފާނު ވިދާޅުވިއެވެ.