ކަނޑޫދޫ ދަނޑުވެރިންނަށް ރައީސް: އެސްޓީއޯއިން މިރުސް އެތެރެކުރާނީ ގެއްލުން ނުވާ ވަރަށް
ސަން
24 ސެޕްޓެމްބަރު 2025 | ބުދަ | 3:42
ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއިން އެތެރެކުރާ 23 ބާވަތުގެ ތަކެތީގެ ތެރޭ މިރުސް ހިމަނާފައި އޮތަސް، އެކަން ކުރާނީ މިރުސް ހެއްދުމަށް މަޝްހޫރު ތ. ކަނޑޫދޫގެ ދަނޑުވެރިންނަށް ގެއްލުން ނުވާނެ ގޮތަކަށް ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ހަތަރު އަތޮޅަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު ކަނޑޫދުއަށް ވަޑައިގެން އެ ރަށު ސްކޫލް ހޯލުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އެސްޓީއޯ މެދުވެރިކޮށް 23 ބާވަތެއްގެ ތަކެތި އެތެރެކޮށް ހެޔޮ އަގުގައި ވިއްކަން ނިންމާފައިވާނެ ކަމަށާއި، އޭގެ ތެރޭ މިރުސްވެސް ހިމެނޭ ކަމަށެވެ.
"ތި ބޭފުޅުންގެ ވިޔަފާރިއަށް ގެއްލުމެއްނުވާ ގޮތަށް އެކަން ކުރާނީ، އެސްޓީއޯއިން ތި ބޭފުޅުންގެ އަގުގަ، ތި ބޭފުޅުންނަށް އޭގެ ހަމަ ފައިދާވާ ރަނގަޅު އަގުގަ އެ މިރުސް ގަނެގެން ތި ބޭފުޅުންނަށް ބޭނުންވާ ފައިދާ ލިބޭގޮތަށް ހަމަޖައްސައިގެން ވިޔަސް ތި ބޭފުޅުންނަށް އެއްވެސް ގެއްލުމެއް ނުވާނެކަމުގެ ޔަގީންކަން ތި ބޭފުޅުންނަށް އަޅުގަނޑު ދެން،" ރައީސް ވިދާޅުވިއެވެ.