ފަތުރުވެރިކަމަށް ލަންކާއަށް ދިއުމުގެ ކުރިން އިލެކްޓްރޯނިކް ޓްރެވަލް އޮތޯރައިޒޭޝަން ހޯދަންޖެހޭ ގޮތް ހަދަނީ
ސަން
24 ސެޕްޓެމްބަރު 2025 | ބުދަ | 6:25
އަންނަ މަހުގެ 15 އިން ފެށިގެން ފަތުރުވެރިކަމުގެ ބޭނުމުގައި ސްރީލަންކާ ދަތުރުކުރާ ހުރިހާ ބިދޭސީން އެ ގައުމަށް ދިއުމުގެ ކުރިން އިލެކްޓްރޯނިކް ޓްރެވަލް އޮތޯރައިޒޭޝަން (އީޓީއޭ) އެއް ހޯދަން ޖެހޭނެކަމަށް އެ ގައުމުން ބުނެފިއެވެ.
ލަންކާއަށް ޓޫރިސްޓެއްގެ ގޮތުގައި އެތެރެވުމުގެ ކުރިން 50 އެމެރިކާ ޑޮލަރުގެ ފީއެއް ދައްކަައި، އީޓީއޭ އެއް ހޯދަން ޖެހެއެވެ. ނަމަވެސް އެ ގައުމަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެ ފީ އިތުރު 33 ގައުމަކަށް ހިލޭކޮށްދީ ޖުމްލަ 40 ގައުމަކަށް ވަނީ ހިލޭކޮށްދީފައެވެ.
ނަމަވެސް އޭގެ ތެރޭ ދިވެހިރާއްޖެ ނުހިމެނެއެވެ. ހިލޭ އީޓީއޭ ލިބޭނެ ގައުމުތަކަކީ: