މުއްދަތު ހަމަވިއިރު އުސޫލު ގެޒެޓުނުކުރެވި، މިސްކިތް ބަލަހައްޓަން ވެސް މުވައްޒަފުން ނުނެގިފައި

ސަން

24 ސެޕްޓެމްބަރު 2025 | ބުދަ | 8:25

ކައުންސިލްތަކަށް ލިބިދޭ ބާރުތައް ހަނިވާގޮތަށް ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން، ރަށްރަށުގެ މިސްކިތްތަކަށް ބޭނުންވާ މުވައްޒަފުންގެ އިތުރުން، ކޮންމެހެން ބޭނުންވާ ވަރަށް ކައުންސިލްތަކަށް މުވައްޒަފުން ނުނެގޭތީއާއި ލޭންޑް ޔޫޒް ޕްލޭންތަކަށް އަމަލުކުރަން ދަތިވާތީ ރަށްރަށުގެ ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

މިދިޔަ އޮގަސްޓް މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން މި ބަދަލުތައް ފާސްކޮށް، އޭގެ ހަފުތާއެއްފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު މި ބަދަލުތައް ތަސްދީގުކުރެއްވީ، ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި ބަދަލުތަކުގެ ސަބަބުން ކައުންސިލްތަކަށް ދަތިވާނެ ކަމަށް ބުނެ، އެކި ރަށްރަށުގެ ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށެވެ.

އެކި ދުވަސްމަތިން "ސަން"އާ ވާހަކަދެއްކެވި އެކި ކައުންސިލްތަކުގެ ރައީސުން ވަނީ މި ކަންބޮޑުވުންތައް ފާޅުކުރައްވައިފައެވެ.

މައުޟޫޢުތަށް