ރާއްޖޭން ބޭރުގައި ދިވެހި ބޭންޑެއްގެ ފުރަތަމަ ކޮންސެޓް، ޓޫ އޮފް އަސްއިން މެލޭޝިއާގައި ބާއްވަނީ

ސަން

25 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 12:30

ދިވެހީންގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ މަޝްހޫރު ބޭންޑް ޓޫ އޮފް އަސްއިން ވޯލްޑް ޓުއާ ފަށަން ތައްޔާރުވެ، "ޑްރީމް ބިޔޯންޑް ބޯޑާސް – ލައިވް އިން ކުއާލަލަމްޕޫރު"ގެ ނަމުގައި މެލޭޝިއާގައި ކޮންސަޓެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

އެ ބޭންޑުން ބުނި ގޮތުގައި މިއީ އެ ބޭންޑުގެ ވޯލްޑް ޓުއާގެ ފެށުމެވެ. އަދި މިއީ ރާއްޖެއިން ބޭރުގައި ދިވެހި ބޭންޑަކުން ބާއްވާ ފުރަތަމަ ކޮންސެޓަށް ވާނެކަމަށް ވެސް ޓޫ އޮފް އަސް އިން ބުންޏެވެ.

ޓޫ އޮފް އަސްއިން ބުނީ މިއީ އެކި ހުވަފެންތަކާއި، ބުރަ މަސައްކަތާއެކު ހާސިލްވާ ކަމެއް ކަމަށެވެ. އަދި މިއީ ހަމައެކަނި ޕާފޯމަންސެއް ނޫން ކަމަށާއި މިއީ އެތައް އަހަރެއްގެ ބުރަ މަސައްކަތް ކަމަށެވެ.

މައުޟޫޢުތަށް