މަސް މާރުކޭޓް އަގު ބޮޑުކޮށް ދިނުން: މައްސަލަ އެޖެންޑާ ކުރި ތިން ވަނަ ޖަލްސާ ވެސް ކޯރަމް ހަމަނުވި
ސަން
25 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 11:14
މާލޭ މަސް މާރުކޭޓު ހަދަން އެއްވެސް ލިޔެކިޔުމެއް ނެތި ދެވަނަ ފަހަރަށް، ބޮޑު އަގުގައި ބަޔަކާ ހަވާލުކޮށްފައި އޮތް ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވުމާއެކު، އެ ކަން ބަލަން ކައުންސިލުގެ ލީގަލް ސެކްޝަންގެ ވެރިޔާ އަލީ ނަސީރު ގާސިމް, ކައުންސިލުގެ ޖަލްސާއަށް ހާޒިރުކުރަން އެދުނު ތިން ވަނަ ޖަލްސާ ވެސް ކޯރަމް ހަމަނުވާތީ ކެންސަލްވެއްޖެއެވެ.
ރައީސް މުއިއްޒުގެ މޭޔަރުކަމުގެ ދުވަސްވަރު މާލޭގެ މަސްމާރުކޭޓު ތަރައްގީކުރުމުގެ މަޝްރޫއު އޮތީ ކޮމިޝަންކޮށް, ކައުންސިލުން ބިޑަށް އިއުލާނުކޮށް، އިވެލުއޭޓުކޮށް، ވަކި ބަޔަކާ މަސައްކަތް ހަވާލުކޮށްފައެވެ. އެގޮތުން އޭރު އޮތީ 6.1 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
://../210825