ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެބެން ހައްޔަރުކޮށްފި

ސަން

25 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 12:34

ހއ. ހޯރަފުށީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން މަސްތުވާތަކެއްޗާއެކު އެއްބަނޑު އެއްބަފާ ދެބެން ހައްޔަރުކޮށްފިއެވެ.

ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ހޯރަފުށީ ޕޮލިސް ގުޅިގެން މިދިޔަ އަންގާރަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ހއ. ހޯރަފުށި / ޑީންސްވިލާ، އަޙްމަދު ޝާމިލް 41, އާއި އޭނާގެ ކޮއްކޮ, ހއ. ހޯރަފުށި / ޑީންސްވިލާ، އިބްރާހީމް މުޙައްމަދު, 40, އެވެ.

ފުލުހުން ބުނީ އެ ދެ މީހުންނަށް ތުހުމަތު ކުރެވެނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރި ކުރާ ކަމަށެވެ. އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 11 ރަބަރުކޮޅާއި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 3700 އަށްވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް