''މަގޭ ދަރަވަންދޫ ކާބޯތަކެތީގެ މައުރަޒު''ގައި ބައިވެރިވާން ފުރުސަތެއް، އެއްވަނައަށް 6،000 ރުފިޔާ

ސަން

25 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 3:19

އެއްވަނައަށް ހޮވޭ މީހަކަށް 6،000 ރުފިޔާ ލިބޭ، 'މަގޭ ދަރަވަންދޫ ކާބޯތަކެތީގެ މައުރަޒު'ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ދަރަވަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި ހަރަކާތުގެ މަގުސަދަކީ، އެ ރަށުގައި ރައްޔިތުން އުފައްދާ ކާބޯތަކެތީގެ މީރުކަން ހާމަކޮށް، އެ ތަކެތި މާކެޓުކޮށްދީގެން ރަށު ރައްޔިތުންނަށް ނަފާ ލިބޭނެ މާހައުލެއް އުފައްދައިދިނުމެވެ.

ދަރަވަންދޫ ކައުންސިލުން ބުނީ، އެ މައުރަޒުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އަންނަ މަހު 12ގެ 14:00ގެކުރިން، ކައުންސިލް މެންބަރު ފަރަހަ އާދަމް (9807544)އަށް ގުޅައިގެން ނަންނޯޓު ކުރެވޭނެ ކަމަށެވެ.

މައުޟޫޢުތަށް