މޯލްޑިވިއަންއިން ކޮންޓްރޯލް ކުރާ, ޓްރިވެންޑްރަމް ދަތުރުތައް އިންޑިގޯއިން ފަށަނީ

ސަން

25 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 2:59

ރާއްޖޭގެ ގައުމީ އެއާލައިން, މޯލްޑިވިއަންއަށް އެންމެ ޑިމާންޑް ބޮޑު, ރާއްޖެ- ޓްރިވެންޑްރަމް ދަތުރުތައް, އިންޑިއާގެ ބަޖެޓް އެއާލައިނެއް ކަމަށްވާ އިންޑިގޯއިން ފަށަން ނިންމައިފިއެވެ.

އިންޑިއާގެ ނޫސްތައް ބުނާގޮތުން އަންނަ މަހުގެ 26 އިން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި, ޓްރިވެންޑްރަމާ ދޭތެރޭ އިންޑިގޯއިން ކޮންމެ ދުވަހަކު ވެސް ދަތުރުތައް ބާއްވާނެއެވެ.

އާއްމުކޮށް ދިވެހީން ބޭސްފަރުވާއަށް ގޮސް އުޅޭ, ކެރެލާ ސްޓޭޓްގެ ވެރިރަށް، ޓްރިވެންޑްރަމާއި ރާއްޖެއާ ދޭތެރޭ ޑައިރެކްޓް ފްލައިޓްތައް މިހާރު ބާއްވަމުން އަންނަނީ މޯލްޑިވިއަންއިން އެކަންޏެވެ. އެ އެއާލައިނުން އަންނަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއާއި ޓްރިވެންޑްރަމްއާ ދޭތެރޭ ދަތުރުތައް ކުރަމުންނެވެ.

މައުޟޫޢުތަށް