ހައި ކޯޓުގެ ފަނޑިޔާރަކަށް މާހިރު އައްޔަން ކުރައްވައިފި

ސަން

25 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 3:29

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް, ފެމިލީ ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި, އިބްރާހިމް މާހިރު މިއަދު އައްޔަން ކުރައްވައިފިއެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި, މާހިރު އެ މަގާމަށް އައްޔަން ކުރައްވައި ލިޔުން ހަވާލު ކޮށްދެއްވީ, ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހުސައިން ރިޒާ އާދަމެވެ.

މާހިރަކީ ފެމިލީ ކޯޓުގެ އިސްގާޒީގެ އިތުރުން، ފެމިލީ ކޯޓުގައި މަސައްކަތް ކުރައްވާ ގާޒީންގެ ތެރެއިން އެންމެ ގިނަ ދުވަހު އެތަނުގައި މަސައްކަތް ކުރެއްވި ގާޒީއެވެ. ފެމިލީ ކޯޓުގައި މާހިރު މަސައްކަތް ކުރައްވާތާ 15 ވަރަކަށް އަހަރުވެދާނެއެވެ.

މައުޟޫޢުތަށް