ހަފްތާއަކަށް ފަހު ފެމިލީ ކޯޓުގެ ގާޒީކަމަށް ކުރިމަތިލާން އަނެއްކާ ވެސް ހުޅުވާލައިފި

ސަން

25 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 6:11

ހަފުތާއެއްވީ ފަހުން ފެމިލީ ކޯޓުގެ ގާޒީކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އަނެއްކާ ވެސް ހުޅުވާލައިފިއެވެ.

ފެމިލީ ކޯޓުގެ ގާޒީކަމަށް ކުރިމަތިލާން ޖޭއެސްސީން އެންމެ ފުރަތަމަ ހުޅުވާލީ މި މަހުގެ 17ވަނަ ދުވަހެވެ. އޭގެ ފަހުން ދެވަނަ ފަހަރަށް އެ ކޯޓުގެ ގާޒީކަމަށް ކުރިމަތިލާން ހުޅުވާލީ މިއަދެވެ.

ޖޭއެސްސީގެ އިއުލާނުގައިވާ ގޮތުން، ފެމިލީ ކޯޓުގެ ގާޒީކަމަށް ހޮވޭ ފަރާތަށް އަސާސީ މުސާރައިގެ ގޮތުގައި 37،700 ރުފިޔާ، ދިރިއުޅުމުގެ އެލަވަންސްގެ ގޮތުގައި 18،000 ރުފިޔާ، އަދި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300 ރުފިޔާ ލިބޭނެއެވެ.

މައުޟޫޢުތަށް