އާ މީޑިއާ ކޮމިޝަނުގެ މަގާމުތަަކަށް ކުރިމަތިލާން ހުޅުވައިލައިފި

ސަން

25 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 7:05

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވައިލައިފިއެވެ.

އެ ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ، އެ ފުރުސަތު އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ މެންދުރު 14:00ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

އެގޮތުން ޖުމްލަ ހަތަރު މަގާމަކަށް ވަނީ ކުރިމަތިލާން ހުޅުވައިލައިފައެވެ. އެއީ ބްރޯޑްކާސްޓަރުން ތަމްސީލުކުރަން ދެ ގޮނޑިއަކަށާއި، މީޑިއާތައް ތަމްސީލްކުރަން ދެ ގޮނޑިއަކަށެވެ.

މައުޟޫޢުތަށް