ކާގޯ ބޯޓަކުން ކަނޑަށް ވެއްޓުނު މީހާގެ ހަށިގަނޑު 2 ދުވަސް ފަހުން ހޯދައިފި
ސަން
25 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 7:29
އިންޑިއާގެ ކާގޯ ބޯޓު "އެމްއެސްވީ ޑައުލާ"އިން ކަނޑަށް ވެއްޓި ހޯދަމުންދިޔަ މީހާގެ ހަށިގަނޑު ދެ ދުވަސް ފަހުން މިއަދު ހޯދައިފިއެވެ.
އެމްއެންޑީއެފުން މިރޭ ބުނީ އެ މީހާގެ ހަށިގަނޑު ހޯދީ، ކ. ފޭދޫފިނޮޅުގެ ދެކުނުން ކަމަށެވެ. އަދި މިހާރު އެ މީހާގެ ހަށިގަނޑު ފުލުުހަށް ހަވާލުކޮށްފައިވާކަމަށް ބުންޏެވެ.
އެމްއެންޑީއެފުން މީގެ ކުރިން ބުނި ގޮތުގައި ވިލިމާލެއާ ދިމާލު ބޭރުގައި އޮތް އިންޑިއާގެ އެ ބޯޓުން އެގައުމުގެ ރައްޔިތަކު ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ މިދިޔަ ހޯމަ ދުވަހުގެ ރޭ 11:35 ހާއިރެވެ.