ލައިވް މިއުޒިކް ޝޯއަކާއެކު، އުރީދޫއިން ޕްރީއޯޑާކުރި ކަސްޓަމަރުންނަށް އައިފޯން17 މިރޭ ހަވާލުކުރަނީ

ސަން

25 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 8:40

ލައިވް މިއުޒިކް ޝޯއަކާ އެކީ، ޕްރީއޯޑާކުރި ހުރިހާ ކަސްޓަމަރުންނަށް މިރޭ އެންމެ ފަހުގެ އައިޕޯން 17 ދޫކުރަން ފަށާނެކަން އުރީދޫން ހާމަކޮށްފިއެވެ.

އުރީދޫން ބުނީ، ހުޅުމާލޭގައި ހުންނަ އުރީދޫގެ މައި އޮފީހުގައި މިރޭ 9:30 އިން ފެށިގެން 11:30އަށް މިއުޒިކް ޝޯއެއް އޮންނާނެ ކަމަށެވެ. މި ޝޯގައި މޯލްޑިވިއަން އައިޑަލުން މަޝްހޫރުކަން ހޯދި އަބްދުالله ފާލިހު އާދަމާއި ބަޖިއްކޮގެ ހުށަހެޅުންތައް ފެނިގެންދާނެ ކަމަށް، އުރީދޫން މައުލޫމާތުދެއެވެ.

މި ޝޯ އަށް ފަހު މިރޭ ދަންވަރު 12:01ގެ ފަހުން އައިފޯން 17 އަށް ޕްރީއޯޑާކުރި ކަސްޓަމަރުންނަށް ފޯނު ދޫކުރަން ފަށާނެކަމަށް ވެސް އުރީދޫން މައުލޫމާތުދެއެވެ.

މައުޟޫޢުތަށް