ސަބަބެއް ނާންގާ، ވާހަކަދައްކަން ފުރުސަތު ނުދިނުމުން ކިނބިދޫ ކައުންސިލް ރައީސް ވަޑައިގަތީ ގެއަށް
ސަން
25 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 10:10
މިވަގުތު ރާއްޖޭގެ މެދު ދެކުނުގެ ހަތަރު އަތޮޅަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތ. ކިނބިދުއަށް އެމަނިކުފާނު ވަޑައިގެން ބޭއްވި ޖަލްސާގައި އެ ރަށު ކައުންސިލްގެ ރައީސް އަލީ ހުސައިން ވާހަކަ ދައްކަވަން އޮތް އޮތުން ކެންސަލްކޮށް، ޖަލްސާގައި ރައްޔިތުންގެ ކަންބޮޑުވުން ހިއްސާކުރަން ފުރުސަތު ނުދިނުމުން، ޖަލްސާގައި ބައިވެރިނުވެ އޭނާ ގެއަށް ވަޑައިގެންފިއެވެ.
'ފޭސްބުކް'ގައި މިއަދު މެންދުރު ކުރެއްވި ޕޯސްޓެއްގައި އަލީ ލިޔުއްވި ގޮތުގައި، އޭނާ ޖަލްސާގައި ބައިވެރިވެވަޑައިނުގަތީ، ޖަލްސާގައި ވާހަކަދައްކަން ތައްޔާރުވަމުން އަންނަނިކޮށް އޭނާއަށް ގުޅައި ޖަލްސާގައި ވާހަކަ ނުދެއްކޭނެކަން އެންގުމުންނެވެ. އަދި ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ ކަންބޮޑުވުންތައް އިއްވުމުގެ ފުރުސަތު ނުލިބޭނެތީއެވެ.
"...ރައްޔިތުންގެ ފަރާތުން ހުރި ކަންކަން ހިއްސާކޮށް ރައްޔިތުންގެ ފަރާތުން ބަހެއް ބުނަން ފުރުސަތު ނުދޭނެކަން އެންގީމާ އެ ބައްދަލުވުމުގަ މަންޒަރު ރީތިކުރަން އިންނަ މީހެއްގެ ހައިސިއްޔަތުން ބައިވެރިވާން ބޭނުންނުވާތީ،" އޭނާ ލިޔުއްވި ޕޯސްޓުގައިވެއެވެ.