އާ މީޑިއާ ގާނޫނު ރާއްޖެއިން ސޮއިކޮށްފައިވާ މުއާހަދާތަކާ ޚިލާފު: އދ
ސަން
25 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 10:02
ވަރަށް ގިނަ ނޫސްވެރިން ދެކޮޅު ހަދަމުން ދަނިކޮށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ތަސްދީގުކުރެއްވުމާއެކު އުފަންވި އާ މީޑިއާ ގާނޫނަކީ ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ޚިލާފު ގާނޫނެއްކަމަށް އދ. އިން ބުނެފިއެވެ.
މި މަހުގެ 18ވަނަ ދުވަހު ވަނީމޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނު ތަސްދީގުކުރައްވައިފައެވެ. އެއާއެކު ނޫސްވެރިން އަންނަނީ މިކަމުގެ ކަންބޮޑުުންތައް ބައިނަލްއަގްވާމީ އިދާރަތަކަށާއި، ޖަމިއްޔާތަކަށް ފޮނުވަމުންނެވެ.
މި ގާނޫނާ ގުޅިގެން އދ. ގެ އިންސާނީ ހަައްގުތަކާ ބެހޭ އޮފީހުގެ ތަރުޖަމާނު ރަވީނާ ޝަމްދަސާނީ ނެރުއްވި ބަޔާނެއްގައިވަނީ މިއީ އަނބުރާ ނުގެންގޮސްފިނަމަ މީޑިއާގެ މިނިވަންކަމާއި ދިވެހި ރައްޔިތުންގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވަރަށް ބޮޑަށް ބުރޫއަރާނެ ގާނޫނެއް ކަމަށެވެ.