މީޑިއާ ކޮންޓްރޯލްކުރީ އަދީބު ފައިލްސް ނުކުމެދާނެތީ، އެ ލީކްކޮށްލީ ރައީސަށް ކެހިދޭން ފުލުހުން: ޔާމީން

ސަން

26 ސެޕްޓެމްބަރު 2025 | ހުކުރު | 11:50

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެކި ފަރާތްތަކުން ކޮށްފައިވާ މުއާމަލާތްތަކުގެ ޗެޓްލޮގުތައް ލީކުކޮށްލީ ފުލުހުންގެ ތެރެއިން ކަމަށާއި، އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކެހިދޭންވެގެން ކުރި ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ރޭ ތުހުމަތުކުރައްވައިފިއެވެ.

އެ މަނިކުފާނުގެ ޕާޓީ، ޕީއެންއެފްގެ އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ، ސަރުކާރުގައި ތިބީ ހުސް ވަގުން ކަމަށް އަދީބުގެ ޗެޓްލޮގުން ހާމަވި ކަމަށް ރަޖިސްޓްރީނުކޮށް ހިންގާ ވެބްސައިޓެއްގައި އެބައޮތް ކަމަށާއި އެ މީހުން އެކަން ރިޕޯޓުކުރީ ދިރާސާތަކެއް ކުރުމަށް ފަހު ކަމަށެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި މީޑިއާ މިނިވަންވާން ޖެހޭ ސަބަބަކީ އެއީއެވެ.

://./211754

މައުޟޫޢުތަށް