ރާއްޖެ އދ.ގެ ޖީޖީއައިއެމްއޭޕީގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ހޮވިއްޖެ

ސަން

26 ސެޕްޓެމްބަރު 2025 | ހުކުރު | 10:44

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ޖިއޯމެޓިކްސް ޑިޕާޓްމަންޓްގެ ޑިރެކްޓަރު ޖެނެރަލް، މުހައްމަދު ޝާފީ، އދ.ގެ ކޮމިޓީ އޮފް އެކްސްޕާޓްސް އޮން ގްލޯބަލް ޖިއޯސްޕޭޝަލް އިންފޮމޭޝަމް މެނޭޖްމަންޓް ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (ޖީޖީއައިއެމްއޭޕީ) ގެ އެގްޒެކެޓިވް ބޯޑުގެ 2025-2028 ވަނަ ދައުރަށް ހޮވިއްޖެއެވެ.

ޝާފީ ހޮވިވަޑައިގެންފަައިވަނީ ކޮމިޓީގެ މެންބަރުންގެ އިއްތިފާޤުންނެވެ.

އަދި މި ގޮނޑި ހޯއްދެވީ އާމީނިއާ، އޮސްޓްރޭލިއާ، ފިޖީ، އީރާން، ޖަޕާން، މެލޭޝިއާ، މޮންގޯލިއާ، ޕާކިސްތާން، ރަޝިއާ އަދި ޓޮންގާގެ މަންދޫބުންނާ އެކު ވާދަކުރައްވައެވެ.

މައުޟޫޢުތަށް