ކުޑަފަރީ ސްކޫލުގެ ދަރިވަރަކު ހިމެނޭ ގޮތަށް، ތިން ދަރިވަރަކަށް ޔޫޑަބްލިއުސީން ސްކޮލަޝިޕް ދީފި
ސަން
27 ސެޕްޓެމްބަރު 2025 | ހޮނިހިރު | 11:46
ޔުނައިޓެޑް ވޯލްޑް ކޮލެޖް މޯލްޑިވްސް (ޔޫޑަބްލިއުސީ މޯލްޑިވްސް)އިން ރާއްޖޭން ބޭރުގައި ކިޔެވުމަށް ތިން ދަރިވަރަކަށް ސްކޮލަޝިޕް ދީފިއެވެ.
މިއަހަރުގެ ޔޫޑަބްލިއުސީ ސްކޮލަޝިޕަށް ހޮވުނީ ނ. ކުޑަފަރީ ސުކޫލުގެ ދަރިވަރު އިޒްޔާލާ ބިންތް އަލީ ޝަމީމްއާއި ބްރައިޓްވޭ އިންޓަނޭޝަނަލް ސުކޫލުގެ ދަރިވަރު ޔަޒާން އަބްދުﷲ ސާއިދާއި ތާޖުއްދީން ސުކޫލްގެ ދަރިވަރު، ހައްވާ އިޝްހާއެވެ.
ޔޫޑަބްލިއުސީ މޯލްޑިވްސްއިން ބުނީ، އެ ދަރިވަރުން ފޮނުވީ އިންޑިއާގެ މަހިންޑްރާ ޔުނައިޓެޑް ވޯލްޑް ކޮލެޖާއި ހޮންކޮންގްގެ ލީޕޯޗުން ޔުނައިޓެޑް ވޯލްޑު ކޮލެޖާއި ކެނެޑާގެ ޕިއާސަން ޔުނައިޓެޑް ވޯލްޑު ކޮލެޖަށް ކަމަށެވެ.