ޓިކްޓޮކްގައި މަޝްހޫރު ފޭޒްލީން، ކަފާލާތަށް 10،000 ރުފިޔާ ބަހައްޓަން އަންގައިފި
ސަން
27 ސެޕްޓެމްބަރު 2025 | ހޮނިހިރު | 12:13
މިދިޔަ ބުދަ ދުވަހުގެ ރޭ، ގދ. ތިނަދޫގައި ހުއްދަ ނެތި ގެއަކަށް ވަދެ، ކުޑަކުދިންތަކެއް ކުރިމަތީ ހުތުރުބަހުން ޒުވާބުކޮށް އިންޒާރުދިން މައްސަލައެއްގައި ހައްޔަރުކުރި، ޓިކްޓޮކްގައި މަޝްހޫރު އަންހެނަކު ކަފާލާތަށް 10،000 ރުފިޔާ ބަހައްޓަން އަންގައިފިއެވެ.
ފުލުހުން އިއްޔެ ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ފޫޓް ލައިޓް އާގޭ، އުމުރުން 49 އަހަރުގެ އާމިނަތު ފޭޒްލީން ކަމަށެވެ. އޭނާ ހައްޔަރުކުރީ އިއްޔެ 14:32 ހާއިރުކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ހުއްދަ ނެތި ގެއަކަށް ވަދެ، އެ ގޭގައި ކުޑަކުދިން ތަކެއް ތިއްބައި ހަޑިހުތުރު ބަހުން ޒުވާބުކޮށް، މާރާމާރީ ހިންގައި އިންޒާރު ދިންކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.