ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއަރުވައި، ދިވެހި ސަގާފަތް ރައްކާތެރި ކުރުން މުހިންމު: ތޯރިގު
ސަން
27 ސެޕްޓެމްބަރު 2025 | ހޮނިހިރު | 1:03
ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއަރުވަން އެންމެން ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމާއި ދިވެހި ސަގާފަތާއި ވެށި ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގް އިބްރާހިމް މިއަދު ގޮވާލައްވައިފިއެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައި ވަޒީރު ވިދާޅުވީ، ފަތުރުވެރިކަމުގައި ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ގައުމަކަށްވީ މި ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުގެ ބުރަ މަސައްކަތުން ކަމަށެވެ.
މިހާރު ވެސް ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަމުން އަންނަކަން ފާހަގަކުރައްވައި ތޯރިގު ވިދާޅުވީ، އެ ދާއިރާ އިޖުތިމާއީ އަދި، އިގުތިޞާދީ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.