މީޑިއާ ކޮމިޝަން އިންތިޚާބަށް ކުރިމަތިލާ މީހުން ރެކޯޑު ސާފުކުރަން ހުށަހެޅުން އަވަސްކުރަން އެދިއްޖެ
ސަން
27 ސެޕްޓެމްބަރު 2025 | ހޮނިހިރު | 3:47
މީޑިއާ ކޮމިޝަންގެ އިންތިޚާބަށް ކުރިމަތިލާ މީހުން ރެކޯޑު ސާފުކުރުމަށް ވަގުތު އޮއްވައި ހުށަހެޅުމަށް ޑިޕާޓުމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) މިއަދު އެދިއްޖެއެވެ.
ޖުމުލަ ހަތަރު މަގާމަކަށް އެ ކޮމިޝަނަށް ކުރިމަތިލާން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވެހެވެ. އެއީ، ބްރޯޑްކާސްޓަރުން ތަމްސީލުކުރަން ދެ ގޮނޑިއަކަށާއި، މީޑިއާތައް ތަމްސީލްކުރަން ދެ ގޮނޑިއަކަށެވެ. އެ މަގާމުތަކަށް ކުރިމަތިލެވޭނީ އަންނަ މަހު ހަތަރުވަނަ ދުވަހުގެ 14:00ގެ ނިޔަލަށެވެ.
އޭގެފަހުން، މިއަދު ޑީޖޭއޭއިން ނެރުނު އިއުލާނެއްގައި ވަނީ، އެ އިންތިޚާބަށް ކުރިމަތިލާން ރެކޯޑު ސާފުކުރުމަށް ހުށަހަޅާ މީހުންގެ ރެކޯޑުގެ ސާފުކުރުމުގެ މަސައްކަތް ވީއެންމެ އަވަހަކަށް ނިންމުމަށް ކޯޓުތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.