މިދިޔަ މަހު އެންމެ ބޮޑު ހޭދައެއް އެންސްޕާއިން ކުރީ ޓްރީޓޮޕުން ހޯދި ފަރުވާތަކަށް
ސަން
27 ސެޕްޓެމްބަރު 2025 | ހޮނިހިރު | 7:11
ނިމުނު އޮގަސްޓު މަހު ރާއްޖޭގައި ހިންގާ އަމިއްލަ ހޮސްޕިޓަލުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ކުރީ ޓްރީޓޮޕް ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ހޯދި ފަރުވާތަކަށް ކަން އެ އެޖެންސީގެ ހިސާބުތަކުން ހާމަވެއްޖެއެވެ.
އެ އެޖެންސީން އަންނަނީ، ބޭސްފަރުވާގެ ޚަރަދުކުރުމަށް ދަތިވާ މީހުންނަށް ރާއްޖޭގެ އަމިއްލަ ނުވަތަ ޕްރައިވެޓް ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްގެން ހޯދާ ފަރުވާއަށް އެހީ ހަމަޖައްސައިދެމުންނެވެ.
މިދިޔަ މަހު އެކަނި، އަމިއްލަ ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްގެން ފަރުވާ ހޯދި 575 ކޭސްއަކަށް އެ އިދާރާއިން ވަނީ، 8.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.