ނޭޕާލް އަންހެން މީހާގެ ކަރަށް ހަމަލާދިން މައްސަލައިގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި

ސަން

27 ސެޕްޓެމްބަރު 2025 | ހޮނިހިރު | 11:19

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ފިހާރައެއްގައި މަސައްކަތްކުރާ ނޭޕާލްގެ އަންހެން ސޭޓަކަށް މިއަދު ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ކުރިން މައުލޫމާތު ދިން ގޮތުގައި، އެ މައްސަލައިގެ ރިޕޯޓު ލިބުނީ މިއަދު މެންދުރު 12:45 ހާއިރެވެ.

ކަރަށް ތޫނު އެއްޗަކުން ލިބުނު ހަމަލައާ ގުޅިގެން، ނޭޕާލަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ އަންހެން މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް