ލިލީގެ ބާޒާރުމަތީ ފިހާރައިގައި ރޯވެ، ގިނަ މުދާތައް އަނދައިފި
ސަން
28 ސެޕްޓެމްބަރު 2025 | އާދިއްތަ | 9:23
އެކި ވައްތަރުގެ މުދާ ރާއްޖެ އެތެރެކޮށް ވިޔަފާރިކުރާ ލިލީ އެންޓަޕްރައިޒަސްގެ ބާޒާރުމަތީ ފިހާރައިގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައި، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ، ބީއެޗްއެމްގެ ކުރިމަތީ ހުންނަ "ލިލީ އެފްއެންބީ ސަޕްލައި ބާޒާރު 1"ގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 1:00 އެހާކަންހާއިރު ކަމަށެވެ.
އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު، ފަޔާ އެންޑް ރެސްކިއުއިން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ ރޭ 2:39 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.