ބޭރު ގައުމުތަކުން ޑުރަގު އެތެރެކޮށްދޭ ދިވެއްސެއް އުމުރަށް ޖަލަށްލައި، 2 މިލިއަނުން ޖޫރިމަނާކޮށްފި

ސަން

28 ސެޕްޓެމްބަރު 2025 | އާދިއްތަ | 12:05

ރާއްޖޭން ބޭރުން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް، އޭގެ ވިޔަފާރި ކުރާ މީހަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރި މީހަކީ، ހ. ސެމޯއާ، އިސްމާއިލް ނައުފަލްއެވެ. އޭނާއަކީ ފައިސާ ދިނުމުން ރާއްޖެއިން ބޭރުން މަސްތުވާތަކެތި އެތެރެކޮށްދޭ ކަމަށް ތުހުމަތުކުރެވޭ މީހެކެވެ.

ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު އޭނާގެ މައްޗަށް ދެ މައްސަލައެއް ސާބިތުވިއެވެ. އެއީ، ކެނެބިސް ބޭނުންކުރުމުގެ ދައުވާއަކާއި ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދައުވާއެވެ. މި ދެ މައްސަލައިގެ ހުކުމް ވެސް ކުރެއްވީ ގާޒީ އަލީ ނަދީމެވެ.

މައުޟޫޢުތަށް