ހާލުކޮޅު ރަނގަޅުވެ، ގާސިމް، ހޮސްޕިޓަލުން ދޫކޮށްލައިފި

ސަން

28 ސެޕްޓެމްބަރު 2025 | އާދިއްތަ | 2:50

މަޝްހޫރު ވިޔަފާރިވެރިޔާ, ގާސިމް އިބްރާހީމް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދެއްވުމަށް ފަހު، މިއަދު ގެކޮޅަށް ދޫކޮށްލައިފިއެވެ.

އުމުރުން 74 އަހަރުގެ ގާސިމް އައިޖީއެމްއެޗުގައި އެޑްމިޓް ކުރީ މިދިޔަ އަންގާރަ ދުވަހެވެ. އެ މަނިކުފާނު އައިޖީއެމްއެޗަށް ގެންދެވީ ސަން އައިލެންޑް ރިސޯޓްގައި ހުންނަވަނިކޮށް އުނދަގޫތަކެއް ވެވަޑައިގެންނެވުމާ ގުޅިގެންނެވެ.

ގާސިމްގެ ގާތް ބޭފުޅަކު ވިދާޅުވީ، ފަރުވާއަށް ފަހު މިއަދު އެ މަނިކުފާނު ގެކޮޅަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ހާލުކޮޅު މިހާރު ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެެވެ.

މައުޟޫޢުތަށް