އިނގިރޭސި ބަސް ދަސްކުރަން 'ބަސްވާރު އެޕް' ހިލޭ ބޭނުންކުރަން ފުރުސަތެއް
ސަން
28 ސެޕްޓެމްބަރު 2025 | އާދިއްތަ | 10:05
އިނގިރޭސި ބަސް ދަސްކުރަން ބޭނުންވާ މީހުންނަށް ހިތްވަރުދީ، އުނގެނުމަށް ފަހިކޮށްދޭ 'ބަސްވާރު އެޕް' ހިލޭ ބޭނުން ކުރުމަށް ފުރުސަތު ހުޅުވާލަން ތައްޔާރުވެއްޖެއެވެ.
ބަސްވާރު އެޕް އުފެއްދި އަޙްމަދު ނާއިފް ރަޝީދު ބުނީ ބޮޑެތި މީހުންނަށް އިނގިރޭސި ބަސް ކިޔަވައިދިނުމުގެ ކްލާސްތައް ހިންގުމާއި، ފޮތް ޝާއިއުކުރުމާއި އެފަދަ އެކިއެކި މަސައްކަތްތަކުގެ ތެރެއިން، އުމުރުން ދޮށީ މީހުން އިނގިރޭސި ބަސް އުނގެނުމަށް ޝައުގުވެރިކަންހުރި މިންވަރު ފާހަގަވާ ކަމަށެވެ.
އެހެންވެ އެޕް އުފެއްދީ، އެފަދަ މީހުންނަށް ފައިދާހުރި ގޮތެއްގައި އިނގިރޭސި ބަސް އުނގެނުމުގެ ފަސޭހަ ވަސީލަތެއް ތަނަވަސްކޮށްދިނުމުގެ ބޭނުމުގައި ކަމަށް އޭނާ ބުންޏެވެ.