ކޮންޓެންޓް ކްރިއޭޓަރުންނަށް، ފަސް ލައްކަ ރުފިޔާއާ ހަމައަށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ސަން
28 ސެޕްޓެމްބަރު 2025 | އާދިއްތަ | 9:24
ސޯޝަލް މީޑިއާގައި ތަފާތު މަސައްކަތްތައް ކުރާ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަކޮށް ދޫކުރާ ލުއި ލޯން ތައާރަފުކޮށް، ލޯނަށް އެދުމުގެ ފުރުސަތު އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން މިއަދު ހުޅުވާލައިފިއެވެ.
ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަކޮށްގެން ލުއިލޯނުގެ ފުރުސަތު ހުޅުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އެސްޑީއެފްސީން ބުނީ، މިއަދު ހުޅުވާލި ލޯނުގެ ދަށުން 500,000 ރުފިޔާއާ ހަމައަށް ލޯނު ފޯރުކޮށްދޭގޮތަށް ވަނީ ހަމަޖެހިފައެވެ.